މާގަނޑު ތިލަ (އެނިމޯން ތިލަ) ސަރަހައްދު

Lhaviyani (Lh)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

555705959

ޖުމްލަ އޭރިއާ

1,556.47 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

އެނިމޯން ތިލަ ސަރަހައްދަކީ ފާދިއްޕޮޅުގެ އުތުރަށް ވާގޮތަށް، އަތޮޅުގެ މެދުގައި އޮންނަ، ގިނަ އަދަދަކަށް މާގަނޑު ހެދިފައި ހުންނަ، ސޮފްޓް ކޮރަލް އަދި ހާރޑް ކޮރަލް ގިނަ ސަރަހައްދެކެވެ. މި ތިލައަކީ އެކި ފުންމިނުގައި ގިނަ ބާވަތްތަކުގެ މާގަނޑުތަކާއި، މާގަނޑު މަސްތައް ފެތުރިފައިވާ، އެއްތަނަކުން އެންމެ ގިނަ އަދަދަކަށް މާގަނޑު ފެންނަކަމަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭ ތަނެކެވެ. މި ތިލައިން އެންމެ ގިނައިން ފެންނަ މާގަނޑުގެ ބާވަތެއް ކަމަށް ރިކޯޑްކުރެވިފައިވަނީ މެގްނިފިސަންޓް ސީ އެނިމޯން (Heteractis magnifica) އެވެ. މި ސަރަހައްދުގައި ފާހަގަކުރެވޭ އިތުރު ދިރުންތަކުގެ ތެރޭގައި، ތަފާތު ވައްތަރުގެ މުރަކައިގެ ބާވަތްތަކާއި، މިޔަރާއި، ވެލާ ކަނހަބު ހިމެނެއެވެ. މި ސަރަހައްދުގައި 27 އާއިލާއަކަށް ނިސްބަތްވާ ފަރުމަސް ފެންނަކަމަށް ރިކޯޑްކުރެވިފައިވެއެވެ. ފަރުފަރާއި، ތިލަތަކަކީ ކަނޑުގެ ދިރުންތަކުގެ ނަސްލުތައް ދަމަހައްޓައިދީ، މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްކޮށްދޭ އެންމެ ފުރިހަމަ ވަސީލަތަށްވާތީވެ، މިފަދަ ސަރަހައްދުތައް ޙިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 6 – ހެބިޓެޓް/ސްޕީސިސް މެނޭޖްމަންޓް އޭރިއަރ
އެހެނިހެން ނަން
އެނިމޯން ތިލަ
ހިމާޔަތް ކުރެވުނު ތާރީހު:
8 އޮކްޓޯބަރު 2020

ބުކިންގްސް

Activities
No activities.