ކޮންޓެންޓަށް ދޭ
ދިވެހިރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތައް

އައްޑު ސިޓީ މަތިކިޅި ސަރަހައްދު

Mathi Kilhi

މި ސަރަހައްދާ ބެހޭ

ނަކްޝާ ލޯޑް ވަނީ…

މެޕް ލޯޑް ނުވި. ކަނެކްޝަން ޗެކްކޮށް އަލުން މަސައްކަތް ކުރައްވާ.

މިއީ އައްޑޫ ހުޅުދޫ ހުޅަގުފަރާތުގައި އޮންނަ ބޮޑު ޗަސް ބިމުގެ ސަރަހައްދެކެވެ. މިސަރަހައްދަކީ ބޮޑު ޗަސް ބިމެއް ހިމެނޭ ސަރަހައްދެކަމުން، ރަށަށް ވެހޭ ވާރޭ މިސަރަހައްދަ ފަސޭހަކަމާއެކު ހިދިގެން ދެއެވެ. މިކަމުން ރަށުގެ ތެރޭގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. މިސަރަހައްދުގެ ފަސްގަޑަކީ ގަސް ހެއްދުމަށް ފަސޭހަ ފަސްގަޑެއްކަމުން، ރަށުގެ ބައެއްފަރާތްތަކުން ދަނޑު ވެރިކަމަށް ވެސް ބޭނުން ކުރާ ސަރަހައްދެކެވެ. މިސަރަހައްދުގެ ދިރުންތަކަށް ބަލާލާއިރު، ދިއްގާ ހިރުދު އަދި ބޯކަށިކެއޮ މިސަރަހައްދުގައި ގިނައަދަދަކަށް ހެދިފައިވެއެވެ. މިސަރަހައްދުގައި ’ކާފަރުބުރު‘ ކިޔާ ފެނުގައި ހެދޭ ބާވަތުގެ ގަހެއް ހެދިފައިވެއެވެ. މިގަސް ބޯވެ، މިސަރަހައްދުގެ ބޮޑުބަޔަކަށް ވަނީ ފެތުރިގައިކަން ފާހަގަކުރެވެއެވެ. މިކަމަކީ މިސަރަހައްދުގައި އުޅޭ ދިރުމަށް ނުރައްކާވުން ކައިރިކަމެކެވެ. އަދި، އެކަމުގެ ސަބަބުން މިސަރަހައްދަށް އަންނަ ދޫނިތަށް އައުން މަދުވުމަކީ ވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން މިސަރަހައްދުގެ ދިރުން ރައްކާތެރިކުރުމަށް، މިސަރަހައްދުގެ މާހައުލާއި ނުގުޅޭ ދިރުން މިސަރަހައްދަ ތައާރަފުވެގެން ދިއުން ހުއްޓުވޭފަދަގޮތެއް ހޯދައި ބެލެހެއްޓުން އެއީމުހިއްމުކަމެކެވެ. ހަމައެއާއިއެކުގައި، މިސަރަހައްދަކީ ދަޑުވެރިކަމަށް ބޭނުންކުރަމުން އަންނަ ސަރަހައްދެއްކަމުން، ދަނޑުވެރިކަން ކުރުމަށް ގަސްކަޑައި އަދި ބޭނުންކުރެވޭ ކެމިކަލުކުން މިސަރަހައްދު ރައްކާތެރިކުރެވޭނެ އުސޫލެއްގެ މަތިން އެކަން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީވެސް މުހިއްމުކަމެކެވެ. އެގޮތުން، މިސަރަހައްދުގެ ދިރުން ދެމިހެއްޓުމައްޓަކައި މިސަރަހައްދު ހިމާޔަތް ކުރެވި ރަގަޅަށް ބެލެހެއްޓިގެން ދިއުމަކީ މުހިއްމު ކަމެއްކަމުގައި ފާހަގަކުރަމެވެ.

ޒިޔާރަތްކުރާނެ ގޮތް. މި ސަރަހައްދަށް އޮންލައިންކޮށް ބުކިންގ ކުރެވޭކަށް ނެތް. މަޢުލޫމާތަށް އޮފީހަށް ގުޅާ.

މަޢުލޫމާތު

ސްޓޭޓަސް
ޑެޒިގްނޭޓެޑް
ޖުމްލަ އޭރިއާ
54.10 ހެކްޓަރ
ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ
555705963
ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
އެހެނިހެން ނަން
މަތި ކިޅި އިކޯ ގާރޑެން
ހިމާޔަތް ކުރެވުނު ތާރީހު
22 ސެޕްޓެންބަރު 2020

ރިސޯސަސް

ހުރިހާ ރިސޯސް

ގުޅުއްވާ