ނ. ފޮއްދިއްޕަރު ފިނޮޅާއި، ފަޅުގެ ސަރަހައްދު

Noonu (N)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

555697568

ޖުމްލަ އޭރިއާ

321.00 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ފޮއްދިއްޕަރާއި އެރަށުގެ ފަރަކީ ނ. އަތޮޅު ފޮއްދޫގެ އުތުރުގައި އޮންނަ 82.4 ހެކްޓަރުގެ ފިނޮޅެކެވެ. މިފިނޮޅަކީ ޤުދުރަތީގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަޞްލުތަކުން މުއްސަނދި ފިނޮޅެކެވެ. މިފިނޮޅަކީ އިރުވައި މޫސުމާއި ހުޅަނގު މޫސުމުގައިވެސް އައިންމަތީ ދޫނި ގިނަ އަދަދަކަށް ޖައްސާ އަދި ރާއްޖެއަށް ހިޖުރަ ކުރާ ދޫނިވެސް ފެންނަ ފިނޮޅެކެވެ. މިފިނޮޅަކީ ގިނަ އަދަދަކަށް ވައްލަ ޖަމާވާ އަދި ވައްލަ ވިހާ އާލާވާ ފިނޮޅެކެވެ. ވައްލައަކީ ދިވެހި ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދޫންޏެކެވެ. އަދި ވައްލައަކީ މަސްވެރިން މަސްއައިން ހޯދުމުގައި އެހީތެރިވެދޭ ދޫންޏެކެވެ. މިފިނޮޅަކީ ވަރަށް ހިތްގައިމު ހުދު ދޮންވެލި ތުނޑިއެއްވާ ސަރަހައްދެއްކަމުން، މިއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތުނޑިއެކެވެ. އަދި ބިސްއަޅައިގެން އުޅޭ ވައްލަތަކާއި ޅަ ދޫނިތައް ވެލިގަނޑުގައި އުޅޭއިރު، މިފަދަ ދިރުންތަކަސް ސަމާލުކަމެއްނެދީ، ފަތުރުވެރިން މިފިނޮޅުގައި ހަރަކާތްތެރިވެއެވެ. ފޮއްދިއްޕަރު ވަށައިގެންވާ ފަރަކީ ދިރޭތަކެތީގެ ނަޞްލުތަކުން މުއްސަނދި ކަން ލިބިފައިވާ ފަރެކެވެ. ފޮއްދިއްޕަރު ދެކުނުގައިވަނީ ފޮއްދޫ އާއި ދެމެދުވާ ކަނޑުއޮޅިއެވެ. މިސަރަހައްދުގެ ކަނޑުއޮޅިން ގިނަ ބާވަތްބާވަތުގެ މަސް ފަސޭހަކަމާއިއެކު ބޭނެއެވެ. މިފިނޮޅު ވަށައިންވާ ފަރުގައި އަދި ފަޅުގައި ގިނަ އަދަދަކަށް ފަރުމަސް އުޅެއެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
16 ޖޫން 2019

ބުކިންގްސް

Activities
No activities.