ނ. އޮރިމަސް ތިލަ

Noonu (N)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

555697561

ޖުމްލަ އޭރިއާ

46.10 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

އޮރިމަސްތިލަ އަކީ ނ.ފެލިވަރާ 5 ކިލޯމީޓަރު ހުޅަނގުން އޮންނަ ފުންތިލަ އެކެވެ. މިސަރަހައްދަކީ ނ. އަތޮޅުގައި ފީނުމަށް ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ. މިތިލައަކީ މަސްމަހާމެހި ގިނަ އަދި މުރަކައިގެ މުއްސަނދިކަން ލިބިފައިވާ ރީތި ކުޑަ ގާމަތީ ތިލައެކެވެ. މިތިލަ އަކީ ގިނަ އަދަދަކަށް ވައްބޯ މިޔަރު (ގްރޭ ރީފް ޝާކް) ފެންނަ ސަރަހައްދެކެވެ. މި ތިލައިގެ ބޮޑުބައި ހެދިފައިވަނީ ބޮޑެތި ގާތަކުންނެވެ. މިގާތަކުގެ އަރިމަތީ ހެދިފައި ހުންނަ ހޮހަޅަތައް ހުންނަނީ މުރަކަ، މަޑު މުރަކައާއި ސްޕޮންޖްއިން ފުރާލެވިފައެވެ. މިތިލައިގައި ކުރެވުނު ސާރވޭތަކުން ދައްކާގޮތުގައި ތަފާތު 27 ބާވަތެއްގެ މަސްމަހާމެހިވަނީ ރެކޯޑްކުރެވިފައެވެ. އެގޮތުން ކަނޑުމަސް އަދި ހަނދި އައިންތަކާއި ތަފާތު ވައްތަރުގެ ފަރުމަސް ގިނަ އަދަދަކަށް މިސަރަހައްދުން ފެނެއެވެ. އަދި މުރަކައިގައި ދިރިއުޅޭ ތަފާތު ކުލަކުލައިގެ ކުދިމަސްވެސް މިތިލައިގައި ގިނަ އަދަދަކަށް އޮވެއެވެ. މިސަރަހައްދަކީ ރާއްޖެއިން ވަރަށް މަދުން ފެންނަ މަހެއް ކަމުގައިވާ ކޯބިއާވެސް ފެންނަ ސަރަހައްދެކެވެ. މި ތިލަ އަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތައް ގިނަ އަދަދަކަށް ފެންނަ ސަރަހައްދެކެވެ. އެގޮތުން މިތިލައިގެ އެންމެ ޚާއްސަ ސިފައަކީ އައިން ހަދާފައި 100 އަށް ވުރެ ގިނައިން ފެންނަ ވައްބޯ މިޔަރެވެ. މީގެ އިތުރުން އޮޅުފަތި މިޔަރާއި ރާއްޖެއިން މަދުން ފެންނަ ފާނަ މިޔަރުވެސް މިތިލައިން ފެނެއެވެ. ހިމާޔަތް ކުރެވިފައިވާ ވެލާ ކަހަނބާއި، މަޑި އަދި ފާނަ މިސަރަހައްދުން ފެނެއެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
16 ޖޫން 2019

ބުކިންގްސް

Activities
No activities.