ވ ކަށަވަރުފަޅު ސަރަޙައްދު

Vaavu (V)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

ޖުމްލަ އޭރިއާ

978.62 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ކަށަވަރުފަޅަކީ ވ. ކެޔުދޫގެ ދެކުނުގައިވާ ފަޅެކެވެ. މި ފަޅުގެ ދެކުނުފަޅީގެ ބޭރުފަރާތުގައިވާ ފަރުގެ ފާރަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޑައިވް ސައިޓެކެވެ. މި ސަރަހައްދު މަޝްހޫރުވެފައިވަނީ ރީދޫ ކުލައިގެ މަޑު މުރަކައިގެ ބާވަތްތަކެއް ފަރުގެ ފާރުގައި އުފެދިފައިވާ ގޮތުގެ ސަބަބުންނެވެ. މީގެ ސަބަބުން މި ތަން ރަން ކުލައިގެ ފާރެއް ފަދައިން ފެނިގެންދެއެވެ. އަދި މި ސަރަހައްދަކީ އެލިފައިވާ ފަރުގެ ނިޒާމްތަކާއި (އޯވަރހޭންގްސް) ތަކާއި ގިނަ އަދަދެއްގެ އެކި ބާވަތުގެ މުރަކަ އުފެދިފައިވާ ތަނެކެވެ. މި ސަރަހައްދުން ގިނަ އަދަދެއްގެ މަހުގެ އާއިލާތައް ފެނެއެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ފަރު މަހުގެ އާއިލާތައް ހިމެނެއެވެ. ފަރުމަހުގެ އާއިލާ ގިނަވުމަކީ ފަރުގެ ސިއްހަތު ރަނގަޅުކަން ދައްކުވައިދޭ ކަމެކެވެ. އަދި މި ސަރަހައްދަކީ ވެލާކަހަނބުގެ ބާވައްތައްވެސް ގިނައިން ފެންނަ ސަރަހައްދެކެވެ. މި މާހައުލަކީ ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ އަދި ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ މަސްމަހާއި، ވެލާކަހަނބު އަދި މުރަކައިގެ ބާވައްތަކުގެ ނަސްލު ރައްކައުތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްކޮށްދޭ މުހިއްމު މާހައުލެކެވެ.

އެޓްރިބިއުޓްސް

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
  • ގިންތި 7 - ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބްލް ޔޫޒް
ހިމާޔަތް ކުރެވުނު ތާރީހު:
01 ނޮވެމްބަރ 2023

ބުކިންގްސް

Activities
No activities.