ވ. ވައްޓަރު ކަނޑު

Vaavu (V)

ޑަބްލިއު.ޑީ.ޕީ.އޭ އައިޑީ

220114

ޖުމްލަ އޭރިއާ

9,718.00 ހެކްޓަރ


ސްޓޭޓަސް
ޑެޒިގްނޭޓެޑް
ގުޅޭނެ ނަންބަރު

ލިސްޓްކުރެވިފައެއް ނެތް.

ައްޓަރު އަތޮޅަކީ ވ.އަތޮޅާއި މ.އަތޮޅާއި ދެމެދުގައިވާ ޖިއޮޖްރަފިކް އަތޮޅެކެވެ. ވައްޓަރު ރަށުގެ ބިމުގެ ބޮޑުމިނަކީ 1.4 ހެކްޓަރެވެ. މި ރަށުގައި 5 ވައްތަރެއްގެ ގަސް ހެދިފައިވާކަމަށް ރެކޯޑް ކުރެވިފައިވެއެވެ. އަދި މި ރަށުގެ ހުޅަނގު ފަރާތުގައިވާ ޗަސްބިމުގައި ކަނޑުލުގެ (Bruguiera cylindrica) ބޮޑެތި ގަސްތަކާއި ކުދި ގަސްތައް ހެދިފައިހުރި އިރު މި ޗަސްބިމަކީ ސިއްހަތު ރަނގަޅު ވެއްޓެއްކަމުގައި ފާހަގަކުރެވެ. މި ރަށުގައި ގިނަ އަދަދަކަށް ކުރެދިގަސް ހެދިފައިވެއެވެ. މިރަށުން ގިނަ ވައްތަރެއްގެ ދޫނި ފެނިފައިވެއެވެ. އޭގެ ތެރޭގައި މާކަނާ(Ardea cinerea)، ރާބޮދި(Nycticorax)، ބޮޑަނަ(Charadrius mongolus)، ފިދަނަ(Actitis hypoleucos) އަދި ކާޅު(Corvus corax) ހިމެނެއެވެ. ވައްޓަރު އަތޮޅުގެ ކަނޑުގެ ސަރަހައްދުގައި ގިނަ އަދަދަކަށް ފާނައިގެ ބާވައްތައް ރިކޯޑްކުރެވިފައިވެއެވެ. މިގޮތުން މި މާހައުލު ރައްކައުތެރިކޮށް މި ފަރުތަކުގެ ދިރުން ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މި މާހައުލަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކުގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށް މުހިއްމު މާހައުލެކެވެ. އަދި ކުޅި ފާ ޗަސްބިން ސަރަހައްދަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުޞަތު ކުޑަކޮށް ދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. އަދި ހަމައެއާއެކު ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަންޑައިއޮކްސައިޑް ރައްކާތެރިކޮށް ހިފަހައްޓާ "ކާބަން ސިންކް ތަކެކެވެ.

އެޓްރިބިއުޓްސް

ހިމާޔަތް ކުރެވުނު ތާރީހު:
21 އޮކްޓޯބަރ 1999

ބުކިންގްސް

Activities
No activities.